Media cover image

14-09-2024

ޕެންޝަން އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމް "ޑޯނަޓްސް އެންޑް ފައިނޭންސް" ގެ 2024 ވަނަ އަހަރުގެ ތިންވަނަ ސެޝަން ބާއްވައިފި އެވެ.

ދަރިވަރުންނަށް ހާއްސަކޮށްގެން މީރުމާގައި ސެޕްޓެމްބަރު 14 ވަނަ ދުވަހު ބޭއްވި މި އިވެންޓުގައި ތަފާތު ހަރަކާތްތަކާއި، ކުޅިވަރާއި، މަޝްވަރާގެ ތެރެއިން ސެޝަންގެ ބައިވެރިންނަށް ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ. އެގޮތުން މާލީ މިނިވަންކަމާއި، މާލީ ލަނޑުދަނޑިތައް ކަނޑައެޅުމާއި، އިންވެސްޓްކުރުން ފަދަ މުހިންމު މައުޟޫއުތަކަށް އަލި އަޅުވާލާފައިވެއެވެ.

މި ޕްރޮގްރާމަކީ މާލީ ކަންކަމުގައި ރަނގަޅު ނިންމުންތައް ނިންމުމަށް ބޭނުންވާ މައުލޫމާތު ޒުވާނުންނަށް ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމަށް ޕެންޝަން އޮފީހުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ.

އޮފީހުގެ އެޑްރެސް

އެލައިޑް ބިލްޑިންގ (8ވަނަ ފަންގިފިލާ), ޗާނދަނީ މަގު, މާލެ, 20156, ދިވެހިރާއްޖެ

ގުޅުއްވާ

ގުޅުއްވުމަށް1441އީމެއިލްinfo@pension.gov.mvރިސެޕްޝަން ޚިދުމަތްތައް : 08:00 - 14:00
އެހެނިހެން ޚިދުމަތްތައް: 08:00 - 16:00

ޕެންޝަން މޯބައިލް އެޕް

Download on App StoreGet it on Play Store